ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އޮކުއިޕަންސީ ހުރީ 63 ޕަސަންޓްގައި

މިއަހަރުގެ އޯގަސްޓް މަސް ނިމިގެން ދިޔައިރު ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕެންސީ ރޭޓް ހުރީ 63 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މައުލޫމާތު ހާމަކުރުމަށް ކޮންމެ މަހަކު އެއް ފަހަރު ނެރޭ ތަފާތްހިސާބުތަކުގެ ތެރެއިން އޯގަސްޓް މަހުގެ ތަފާސްހިސާބުތަކުގައި ބުނެފައިވަނީ އޯގަސްޓްގެ ނިޔަލަށް 972،839 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުންނާ އަޅާބަލާއިރު 9.1 ޕަސަންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 892,025 ފަތުރުވެރިންނެވެ.
މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އޯގަސްޓް މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް 194،111 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިމުއްދަތުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 75،205 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނުންނެވެ. އެއީ 71،141 ފަތުރުވެރިންނެެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.4 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ