ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ފަސް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.
ގާނޫނު ބުނާގޮތުން ހިނގާ ކައުންސިލްގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެ އެވެ. އެހެންކަމުން މޭމަހުގެ ތިން ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުއްދަތުގައި އެކަން ނުކުރެވޭނެތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާދިއްތަ ދުވަހު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ.
BREAKING: Council thakuge inthikhaabu fasskuran High court ah hushalhaifi
Mihaaru
އިންތިޚާބު ފަސް ކުރަން ހައި ކޯޓަށް ހުށަހެޅުން--އީސީގެ މެމްބަރު އަހުމަދު އަކްރަމް، "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ނެގުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލާގެ ބާވަތުން ކަމަށެވެ. އެއީ އާ ކައުންސިލެއް އިންތިޚާބު ނުކުރެވޭ ހާލަތެއްގައި ގައުމު ދުސްތޫރީ ހުސްކަމަކަށް އަތުވެދާނެތީ އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމުވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ހައި ކޯޓުގެ ނިންމުމެއް އެޕީލް ކުރުމުގެ ފުރުސަތުވެސް އެބައޮވޭ. މިދަނޑިވަޅުގައި ވަގުތު ނެތުމުން ސުޕްރީމް ކޯޓުގެ ނިންމުމަކަށް އެދި މި ހުށަހެޅީ،" އަކްރަމް ވިދާޅުވި އެވެ.
ކުރިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު އަންނަ މަހުގެ 18 އަށް ފަސް ކުރީ އެވެ. ހައި ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅީ އެ މުއްދަތުގައިވެސް އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
އެއާއެކު ސުވާލު އުފެދިފައިވަނީ އާ ކައުންސިލަރުން އިންތިޚާބު ނުކުރެވި ވަނިކޮށް މިހާރު މިހިނގާ ދައުރު ހަމަވުމުން ދެން ކަންތައް ވާނެ ގޮތަކާ މެދު އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިގޮތުގައި އާ ކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޯޓުގައިވާ މައްސަލަ އަށް ތަދައްހުލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ކޯޓުގެ އަމުރަކުން ފަސް ކުރި އެވެ. އެފަހަރު ކޯޓުން އަމުރު ކުރީ އާ ކައުންސިލަރުން އިންތިޚާބު ވަންދެން އޭރު ހިނގަމުން ދިޔަ ކައުންސިލްތައް ދެމިއޮންނާނެ ކަމަށެވެ.
އިންތިޚާބު ފަސް ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ