ފޭލި ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ މުނާސަބަތުގައި ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.
މުޅި ރާއްޖެއަށް
ހުޅުވާލައިގެން ރޯދަމަހު ފޭލިން ބާއްވާ މި މުބާރާތް މިއަހަރު ނުބާއްވަން ނިންމީ
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް އިން ރައްކާތެރިވާން، އާންމު އެއްވެ
އުޅުން މަދުކުރުން މުހިންމުވާތީ ރައްކަތެރިކަމުގެ ގޮތުންނެވެ.
ފޭލިން ބުނީ މި ވަގުތު
އެންމެ އިސްވާނީ ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަމަށެވެ. އެހެންވެ މިއަހަރު
މުބާރާތް ނުބާއްވަން ނިންމުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް
ބުންޏެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ނުބޭއްވުނު
ނަމަވެސް އަންނަ އަހަރު، ރޯދަމަހާ ދިމާކޮށް ޤުރުއާން މުބާރާތް ބާއްވަން ފޭލިން
ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ