ޕްރައިމަރީ އަށް ފަހު ކަންކަން ވާނެ ގޮތް މާދަމާ ރޭ އެނގޭނެ: އުމަރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ކަންކަން ވާނެ ގޮތް މާދަމާ ރޭ އެނގޭނެ ކަމަށް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީއާ ބެހޭ ގޮތުން ވެސް އަދި ދެން ކަން ކުރައްވާނެ ގޮތަކާ ބެހޭ ގޮތުން ވެސް އުމަރު އެއްވެސް ވާހަކައެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ މިއަދު "ހަވީރަށް" ވިދާޅުވީ މާދަމާ ރޭ ސަޕޯޓަރުންނާ އާޓިފިޝަލް ބީޗުގައި ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށާއި "ކަންކަން ވާނެ ގޮތް މާދަމާ ރޭ އެނގޭނެ" ކަމަށެވެ. އިތުރު ވާހަކައެއް އޭނާ ނުދެއްކެވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީންއާ ވާދަކުރައްވައިގެން އުމަރަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައި ވާއިރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެފައި ވަނީ ޔާމީނާއި އުމަރު ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އާޓިފިޝަލް ބީޗްގައި ބާއްވާ އުމަރުގެ ޖަލްސާ ފަށާނީ މާދަމާ ރޭ 9:00 ގަ އެވެ.
އުމަރާއިޔާމީން ވާދަކުރެއްވި ޕްރައިމަރީގައި އުމަރަށް ލިބިވަޑައިގަތީ 7،450 ވޯޓެވެ. ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ޔާމީނަށް 13،096 ވޯޓު ލިބިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ