މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު

ރާއްޖޭގެ މިނިވަން ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު އޮންނާނެ އެވެ.މިއަަދުގެ ޝަރަފުގެ ހިނގާލުން ފަށާނީ 4:15 ގަ އެވެ. ހިނގާލުމުގައި ބައިވެރިވާ އެމްއެންޑީއެފާއި ކެޑޭޓުންގެ ލަޝްކަރު ނިކުންނާނީ އެއްފަހަރާ
ހަތަރު ދިމާލަކުންނެވެ. އެމްއެންޑީއެފުން ބަންޑާރަ ކޮށިން ނިކުންނައިރު
ކެޑޭޓުން ނިކުންނަން ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ސްކޫލާއި ކުރީގެ މާލެ ސިޓީ ހޯލުންނާއި ނަލަހިޔާ ކައިރިންނެވެ.ބަންޑާރަކޮށިން އެމްއެންޑީއެފްގެ ލަޝްކަރު އަމީރުއަހުމަދު މަގުން ހުޅަނގަށް ގޮސް ޗާންދަނީ
މަގުން ދެކުނަށް، މެދުޒިޔާރަތް މަގުން އިރަށް ގޮސް ސޯސަން މަގުން
ދެކުނަށް، މަޖީމަގުން ހުޅަނގަށް، އަދި ނަލަހިޔާ ކައިރިން އޯކިޑުމަގުން
އިރަށް ގޮސް ނިންމާނީ ބަންޑާރަކޮށްޓަށެވެ.މި ހިނގާލުމުގައި ކެޑޭޓުންގެ ތިން ލަޝްކަރެއް ވެސް ބައިވެރިވެ އެވެ. ސީނިއާ ލަޝްކަރު ނަލަހިޔާ ކައިރިން ނިކުންނައިރު ޖޫނިއާ އެއް ލަޝްކަރު ދަރުމަވަންތަ ސްކޫލުން ނިކުންނަން ވަނީ ހަމަޖައްސައިފަ އެވެ. ޖޫނިއާ ދެވަނަ ލަޝްކަރު ނިކުންނާނީ ކުރީގެ މާލެ ސިޓީ ހޯލް އިމާރާތް ކަމަށްވާ ބިއްލޫރިޖެހިގެ ކުރިމަތިންނެވެ. މި ލަޝްކަރުތައް ހިނގާނީ، ނަލަހިޔާ ކުރިމަތިން އިރަށްގޮސް، ޗާންދަނީ މަގުން މެދުޒިޔާރަތް މަގަށް ގޮސް، ސޯސަންމަގުން މަޖީދީމަގުން ނަލަހިޔާ ކައިރި އަށެވެ. ޝަރަފްގެ ހިނގާލުން ކުރިއަށް ދާއިރު ތީމުގެ، މުލިއާގެ، ސޯސަންގެ އަދި މާލެ ބިއްލޫރިޖެހިގެ ކައިރިއަށް މި ލަޝްކަރުތައް ހުއްޓައި މި ބޭންޑުތަކުން ރާގުތައް ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ