ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރިއާސީ އިންތިހާބުގެ މައްސަލަ އަށް ވަންނަން ވެލެޒިނީ ނިންމަވައިފި
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ ނިންމަވައިފި އެވެ.އެ ކޮމިޝަންގައި ރައީސް މުހައްމަދު ނަޝީދުގެ މެންބަރެއްގެ މަގާމު ފުރުއްވި ވެލެޒިނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި މިއަދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަށް ވަނުމަށް ވަރަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާ ކަމަށް ވެސް ވެލެޒިނީ ވަނީ ވިދާޅުވެފަ އެވެ."ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ މައްސަލައިގެ ތެރެއަށް ވަންނަން ނިންމައިފީމެވެ،" ވެލެޒިނީ ލިޔުއްވާފައިވެ އެވެ.ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރެއަށް ޕީޕީއެމް އާއި އެމްޑީޕީ އަދި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ވަދެވަޑައިގެންފަ އެވެ. އަދި އެ އިންތިހާބު ބާތިލް ކުރުމަށް ޕީޕީއެމުން ތާއީދުކޮށްފައިވެ އެވެ. އާޒިމާ ވެސް ވިދާޅުވެފައި ވަނީ އިންތިހާބުގެ ތެރޭގައި ސީރިއަސް މައްސަލަތަކެއް ހުރި ކަމަށެވެ. އެމްޑީޕީން ވަކާލާތު ކުރަނީ އިންތިހާބުގެ ނަތީޖާ ބާތިލް ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ