މުހުތާޒް ބަންދުން ދޫކޮށްލި މައްސަލާގައި ހައި ކޯޓުން މިއަދު ގޮތެއް ނިންމަނީ
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާ ކަން ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގެ ތުހުމަތު ކުރެވޭ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައާ މެދު މިއަދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން ނިިންމައިފި އެވެ.އެ މައްސަލާގައި ހައްޔަރުކުރި މުހުތާޒްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން އިއްޔެ ވަނީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި، ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު މެންދުރު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ފަހު އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފަ އެވެ.މިއަދުގެ އަޑުއެހުމަށް ފަހު މުހުތާޒް ސައިކަލެއްގެ ފަހަތުގައި ކޯޓަށް ވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ/މުހައްމަދު ޝަރުހާން އާންމުކޮށް ހުޅުވާ ނުލައި ބޭއްވި އަޑުއެހުމަށް ފަހު، މުހުތާޒްގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މައްސަލައިގެ ހުކުމް ހައި ކޯޓުން އިއްވާނެ އެވެ. އެކަމަކު ހުކުމްކުރާނެ ވަގުތެއް އަދި ނޭނގެ އެވެ.އެ ލިޔުން ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހައި ކޯޓު އަމުރާ އެކު ހައްޔަރުކުރި ނިހާން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ