ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑޭ)ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޟިރުކުރުމަށް އެ ޕާޓީން ނިންމައިފިއެވެ
އެ ކޮމެޓީން ވަހީދަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންޖަވާބުދާރީވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ދެ މެމްބަރަކު ޕީޕީއެމްގެ އޮފީހަށް ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
ވަހީދު ހާޟިރު ނުވެއްޖެނަމަ ޣައިރުހާޟިރުގައި މައްސަލަ ކުރިއަށް ގެންގޮސް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެމަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މަޤާމުން ދުރުކުރުމަށް ހުށަހަޅާފައިވާމައްސަލާގައި އެންމެ އިސްކޮށް ޢަމަލީގޮތުން އުޅުއްވާ ފަރާތްތަކުގެ ތެރޭގައި ވަހީދު ހިމެނިވަޑައިގަންނަވައެވެ. 
މިކަމާއިގުޅިގެން ވަހީދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
    
    ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޟިރުކުރުމަށް އެ ޕާޓީން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            