ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ނަހީކުރައްވާފައިވާ ކަމެއް ނޫން: މައުމޫން

ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ނަހީކުރައްވާފައިވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށް ނުލައި މީހުންނަށް ހެޔޮކޮށް ހިތައި އަދުލުވެރިވުމަކީ މާތް ﷲ ނަހީ ކުރައްވާފައި ވާ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވުމާ ގުޅިގެން އެކަމާ ދެކޮޅަށް ދީނީ ބައެއް އިލްމްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ނަސާރާއިން ކޮންމެ އަހަރަކު ޑިސެމްބަރު 25ގައި ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ދެއްވީ އެ ދުވަސް ފާހަގަ ކުރަމުންދާ މީހުންނަށް އަމާޒުކޮށް މިމަހު 25ގައި ކުރެއްވި ޓްވީޓެއްގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ