މާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑިއްޖެއެވެ.
ކަރަންޓް ކެނޑުނު ސަރަހައްދު ތަކުގެ ތެރޭގައި މާފަންު މަޖީދީ މަގުން ދެކުނު ސަރަހައްދުތަކާއި މައްޗަންގޮޅި ބައެއް ސަރަހައްދުތަކާއި ހެންވެއިރާއި ގަލޮޅުގެ ދެކުނާއި އުތުރުގެ ސަރަހައްދުތަށް ހިމެނެއެވެ.
ނަމަވެސް ކަރަންޓް ކެނޑުނު ސަބަބެއް އަދި ސާފެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޓްރާންސް މީޓަރުތައް ފެއިލް ވުމާއި އިންޖީނަށް މައްސަލަ ދިމާވުމާއި ބައެއް ސަރަހައްދު ތަކުގައި އަޅާފައިވާ ކޭބަލް ތަކުގެ މައްސަލަ ދިމާވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑުމަކީ ދިމާވާ ކަމެކެވެ. ނަމަވެސް މިރޭ ކަރަންޓް ކެނޑުނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ