މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހަޅާފައި އިތުބާރު ނެތް ކަމުގެ މައްސަލާގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކޮށްފައިވާ ސޮޔަކީ ވަގު ސޮޔެއް ކަމަށް ބުނުމާއެކު އޭނާ ސޮއިކުރައްވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާއްމުކޮށްފިއެވެ.
މިހާރު އާއްމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އަހުމަދު ރަޝީދު ސޮއިކުރައްވާއިރު ކައިރީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އިންނެވިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނި 45 މެމްބަރުން ސޮޔާއެކުއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.
އޭގެތެރޭގައި ހިމެނެނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު, ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުޙައްމަދު އެވެ.
މަސީހް މަޖިލިސް ރައީސް ކަމުން ދުރުކުރުމަށް 60 އަށްވުރެ ގިނަ މެންބަރުންގެ ވޯޓް މިހާރު ވެސް ޔަގީންވެފައިވާ ކަމަށް ރައީސް ނަޝީދުގެ އެވްޑައިޒަރ އަބްދުﷲ ޖާބިރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ.
ވަގު ސޮޔެއް ކަމަށް ބުނުމާއެކު މެމްބަރު ރަޝީދު ސޮއިކުރައްވާ ފޮޓޯއެއް އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ