މެމްބަރު ޝުޖާއު ވިދާޅުވަނީ ދެން ކެތެއް ނުވާނެކަމަށް

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ސަރުކާރު މެމްބަރުންގެ ތާއީދު ހޯއްދަވަމުން ގެންދަވަނިކޮށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހިމް ޝުޖާއު ތަފާތު ޓްވިޓެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއި ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ "ދެންފަހެ އޭނާ ބުނާނެތޭ. ޝަށަކަށްވާ ކެތެއް ނުކުރެވޭނެ، މިފަދައިންނެވެ" ނަމަވެސް ޝުޖާއު މިފަދަ ޓްވިޓެއް ކުރެއްވި މަގުސަދެއް ސާފެއް ނުވެއެވެ.
ޕީޕީއެމް ދެބައިވެ އުފެދުނު ނުތަނަވަސް ކަމުގައި ޝުޖާއު ފުރަތަމަ ހުންނެވީ ރައީސް މައުމޫނު ފަޅީގައެވެ. ނަމަވެސް ސުޖާއުގެ ގާތް ބޭފުޅެއްކަމަށްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމުގެ ވިޔަފާރިއަށް ސަރުކާރުން ދަތިކުރަން ފެށުމާއި އެކު ސުޖާއު އަލުންވަނީ ސަލީމުއާއި އެކު ރައީސް ޔާމީންގެ ފަޅިއަށް ވަޑައި ގަންނަވާފައެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އަގްލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު އަދި އީދަށްފަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ތައްޔާރުވަމުން ގެންދާކަމުގެ އަޑު ފެތުރިފައި ވަނިކޮށް، ޝުޖާއުގެ އިތުރުންވެސް ޕީޕީއެމްގެ ޕީޖީ ބައެއް މެމްބަރުންވަނީ ނުސީދާކޮށް ސޯޝަލް މީޑިއާގައި ބައެއް ސްޓެޓަސްތައް ޖައްސަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ