ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް މާމިގިލީ ދާއިރާގެ ގޮނޑިއާ މެދު ފިޔަވަޅެއް ނޭޅުމަށް އިލެކްޝަންގައި އެދެފި
ސުޕްރީމް ކޯޓުގެ އިސްތިނުއާފް މަރުހަލާ ނިމުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދަވާ މަމިގިލީ ދާއިރާގެ ގޮނޑޮއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެދި އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިޓީއެއް ފޮނުއްވައިފިއެވެ. ގާސިމްގެ ގާނޫނީ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، ގާނޫނޫނުއަސާސީއާއި ގާނޫނުތަކާ ވެސް ޚިލާފަށް އަދި ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނިންމެވީ ކަމަށެވެ. އިސްތިއުނާފްގެ ދެ މަރުހަލާ ނިމެންދެން ގޮނޑިއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިޓީ އަކުން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެއް އަހަރަށް ވުރެން ދިގު މުއްދަތުގެ ހުކުމެއް މެންބަރެއްގެ މައްޗަށް ކޮށްފިނަމަ އެ މެންބަރެއް ތަމްސީލް ކުރަމުންދާ މަޖިލީހުގެ ގޮނޑި ހުސްވާނެ ކަމަށް ގާނުނު އަސާސީގައި ބުނި ނަމަވެސް ގޮނޑިއާ މެދު ގޮތެއް ނިންމަންވާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ކަނޑައަޅާފައެވެ. މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށް ގާނުނު އަސާސީގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ