ވިކްޓަރީ ބަލިކޮށް ބީޖީ އަށް މޮޅެއް

ވިކްޓަރީ 2-0 އިން ބަލިކޮށް ދިރާގު ދިވެހި ލީގުގައި ބީޖީ ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމަށް މިއަދު ދެ ލަނޑު ވެސް ޖަހައިދިނީ ކުރީ މެޗު ނުކުޅެ ގެއަށްދިޔަ އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ހަތް ވަނަ މިނިޓްގަ އެވެ. ފަހު ލަނޑު ޖެހީ 31 ވަނަ މިނިޓްގަ އެވެ.
މި މޮޅާއެކު ބީޖީ ވަނީ ތާވަލުގެ ފަސް ވަނާގަ އެވެ. ވިކްޓަރީ އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެގެން އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފަހަތުން ދެ ވަނާގަ އެވެ. ވިކްޓަރީއާ އެއްވަރަކަށް ވީބީ އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ. ނަމަވެސް އަށް ޓީމު ވާދަ ކުރާ ލީގުގެ ފުލުގައި އެ ޓީމު އޮތީ ވިކްޓަރީ އަށްވުރެ ގެއްލުން ގޯލު އިތުރުވުމުންނެވެ. ވިކްޓަރީ އަށް ގެއްލުން ހަ ގޯލު އޮތްއިރު ވީބީ އަށް ގެއްލުން 14ގޯލު އެބައޮތެވެ.
ލީގުގައި މާދަމާ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު އާއި ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ވެލެންސިއާ އެވެ. މި މެޗަކީ ވަރަށް ފޯރިގަދަވާނެ މެޗަކަށްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ނިއު އާއި ވެލެންސިއާ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން މި ވަގުތު ކުރި ލިބެނީ ނިއުއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ