މާފަންނު ދެކުނު ދާއިރާގެ ޑޯޓްޑޯ ނަޝީދު ފައްޓަވައިދެއްވައިފި

އެމްޑީޕީން ކުރިއަށް ގެންދާ “ވައުދާއި ހިނގުން” ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ޑޯޓްޑޯ، ކުރީގ ރައީސް މުޙައްމަދު ނަޝީދު ފައްޓަވައިދެއްވައިފި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު “ޖަޒްބާރު ޖަގަހަ”ގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ވަޢުދާއި ހިނގުން ކެމްޕެއިނަކީ، ރައްޔިތުންގެ ޚާލު އަހުވާލާއި، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ޑޯޓްޑޯ ކެމްޕެއިންތަކުގައި އެއްކުރާ މަޢުލޫމާތުތަކަކީ، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މަޢުލޫމާތުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ