ކަނޑިތީމު ދާއިރާގެ މެމްބަރު ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން ރަސްމީކޮށް އިއުލާނުކޮށްފި

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކޮށްފިއެވެ.
މަޖިލީހުގެ ރިޔާސަތުން އެކަން އިއުލާނުކޮށްފައިވަނީ އޭނާ ޑީއާރުޕީން ވަކިވި ކަމުގެ ލިޔުންތައް މަޖިލީހަށް ފޮނުވުމުންނެވެ. މުހައްމަދު ހުސައިންވަނީ ސިއްރު ވޯޓު ނެގުމަށް ޑީއާރުޕީން ވޯޓު ދިން ދުވަހު ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާފައެވެ. އަދި އެމައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން އެޕާޓީން ވަކިވެވަޑައިގެންނެވި ކަމުގެ އަޑުތައް ވެސްވަނީ ފެތުރިފައެވެ. ނަމަވެސް އޭނާ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މުހައްމަދު ހުސައިން އެޕާޓީން ވަކިވި އިރު ރައީސް ވަހީދުގެ ގައުމީ އިއްތިހާދައި ގުޅެން އުޅޭ އަޑުތަކެއް ވެސްވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ