ޕީޕީއެމް ވަކި މީހެއްގެ ފަހަތުން ދާން ނުޖެހޭނެ ކަމަށާއި އެޕާޓީގެ ވިސްނުން ބަލައިގަންނަ ނަމަ ރައްޔިތުން އެޕާޓީގެ ކެންޑިޑޭޓު ހޮވާނެ ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެން ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުގެ ގަސްތަކީ މީހެއްގެ ފަހަތުން ދުވުން ނޫން ކަމަށާއި އެޕާޓީން ބޭނުންވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ކަމަށެވެ. އަދި އެކަންތައްތައް ބަލައިގަންނަ ނަމަ ރައްޔިތުން ޕީޕީއެމްގެ ކެންޑިޑޭޓު ހޮވާނެ ކަމަށެވެ. އަދި ޕީޕީއެމު ވަކި މީހެއްގެ ފަހަތުން ދާން ނުޖެހޭނެ ކަމަށާއި އެހެން ގޮތެއް ވެސް ހަދަން ނުޖެހޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތުތައް ސާފު ކަމަށާއި އެޕާޓީން މަސައްކަތް ކުރަމުންދަނީ އެސިޔާސަތުތައް ރައްޔިތުންނަށް ވިއްކަން ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ފުވައްމުލަކަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި ޕީޕީއެމްގެ ކެމްޕެން ރަސްމީކޮށް ފުވައްމުލަކުގައި ލޯންޗު ކުރެއްވީ އެކަމަށް އެރަށުގެ ގިނަ ބަޔަކު އެދެމުން ދިއުމުން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ޕީޕީއެމުން ނުޖެހޭނެ ވަކި މީހެއްގެ ފަހަތުން ދާކަށް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ