އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މުލަ ރޯދަ ދުވަހު ކުރި މުޒާހަރާގައި ހައްޔަރުކުރި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ގޭ ބަންދަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
އާދިލް ސަލީމުގެ ބަންދާމެދުގޮތެއް ކަނޑައެޅުމަށް ޖިނާއީ ކޯޓަށް ހާޒިރުކޮށް ބޭއްވި އަޑު އެހުމުގައި ގާޒީ ވަނީ އާދިލް ސަލީމް ފަސް ދުވަހަށް ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި އާދިލް ސަލީމް ހައްޔަރުކުރީ ފުލުހުންގެ ލައިން ފަޅާލައި ޖުމްހޫރީމައިދާން ތެރެއަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެންނެވެ. އާދިލް ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދިޔަ ފަހުން އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އާދިލުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އާދިލުގެ ގާނޫނީ ޓީމުން ބުނެފައިވަނީ އާދިލަށް ފަރުވާދިނުމަށް މާލެ ފޮނުވުމަށް ހުޅުމާލެ ޑޮކްޓަރުން ލަފާދިން ނަމަވެސް އެގޮތަށް އެކަންނުކުރާކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އާދިލުގެ ގާނޫނީ ޓީމުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ އެފަދަކަމެއް ހިނގާފައިނުވާކަމަށް ބުނެފައެވެ.
އާދިލް ސަލީމް ގޭ ބަންދަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ