ރައީސްގެ މަގާމަށް ހާފިޒާއި އަހުމަދު އިސްމާއިލް ކުރިމަތިލައްވައިފި
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބުގައި ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ހާފިޒާއި މިހާރުގެ ނައިބް ރައީސް އަހުމަދު އިސްމާއިލް ކުރިމަތިލައްވައިފި އެވެ. މި މަހުގެ 14 ވަނަ ދުވަހު އޮންނަ އިންިތހާބުގައި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ނަސީރެވެ. ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ އެއް ވަނަ ޑިވިޝަނުގައި ބާސްކެޓްބޯޅަ ކުޅެމުން އަންނަ މުހައްމަދު ޚުވައިލިދެވެ. ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހާފިޒަކީ ފާއިތުވި 15 އަހަރު އެމްބީއޭގެ ރައީސްގެ މަގާމް ފުރުއްވައި އަދި 1992 ވަނަ އަހަރު އެމްބީއޭ އުފެދުނީއްސުރެ އެ ތަނުގެ އިސް މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ވެލެންސިއާގެ މެނޭޖްމަންޓުގައި ވެސް އޭނާ އުޅުއްވާފައިވެ އެވެ. ރައީސްގެ މަގާމަށް ދެން ކުރިމަތިލެއްވި އަހުމަދު އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެމްބީއޭގެ ނައިބް ރައީސްކަން ކުރައްވަމުންނެވެ. ކުރިން ބާސްކެޓް ކުޅުއްވި އަހުމަދު ވަނީ ވެލެންސިއާ އާއި ޔޫތު ހިންގެވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެގްޒެކެޓިވް ކޮމެޓީއަށް ކްލަބްތަކުން އައްޔަންކުރާ ފަސް މެންބަރުންނަށް ކުރިމަތިލައްވާފައިވަނީ އަށް ފަރާތަކުންނެވެ. އެއީ ކަސްޓަމްސްގެ ހުސްނާ މުހައްމަދާއި ވިކްޓަރީގެ އަހުމަދު އަޔާޒު ރަޝީދާއި ޑީބީސީގެ މުހައްމަދު ހާޝިމް އާއި އެލްކިއު ސްޕޯޓްސްގެ އަބްދުﷲ ނިޔާޒް އިބްރާހިމާއި ރެޑްލައިން ކްލަބުގެ އިބްރާހިމް މުހައްމަދާއި ޓީރެކްސްގެ އަބްދުއްނާފިއު ތައުފީގާއި ހަރިކޭންގެ އަހުމަދު ނަޒީފް އަދި ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު ނިޔާޒެވެ. އެގްޒެކެޓިވް ކޮމެޓީއަށް ހޮވާ އަމިއްލަ މެމްބަރުގެ މަގާމަށް ކުރިމަތިލެއްވީ ހަސަން އިސްމާއިލް އާއި އަހުމަދު ފަޔާޒެވެ. އެމްބީއޭގެ އިންތިހާބު އޮންނާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ