އިންސާނުންނާ އެއްވަރަށް ރާމާމަކުނުވެސް ފޯނާ ކުޅެން ފަރިތަ!

އިންސާނުންގެ އާދަކާދަތަކާ އެއްގޮތައް އުޅުމަކީ ބައެއް ޖަނަވާރުންގެ އާދައެކެވެ. އެގޮތުން އާދަޔާޚިލާފު ފޮޓޯތަކާއި ވީޑިއޯ އާންމުންނަށް ފޯރުކޮށްދެމުންދާ ސޯޝަލް މީޑިއާގައި މިފަހަރު ތިލަކޮށްފައި މިވަނީ މިފަދަ ޝައުގެވެރި މަންޒަރެކެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ރާމަމަކުނު އާއިލާގެ ޗިމްޕަންޒީއެއް ވަރަށް ހަމަޖެހިލައިގެން އޮވެ ސްމާޓްފޯނަކުން އިންސްޓަގްރާމް ވީޑިއޯއެއް ބަލަމުންދާ މަންޒެރެވެ. އެ ވީޑިއޯ އިން ފެންނަނީ ޗިމްޕަންޒީ އަކާ އެކީ މީހަކު ކުޅެން ހުންނަ މަންޒަރެވެ.
ޗިމްޕަންޒީއެއް ފޯނާ ކުޅެން އޮންނަ ހިތްގައިމު ވީޑިއޯ އިންސްޓަގްރާމަށް ލާފައިވަނީ ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ މައިކް ހޯލްސްޓަން އެވެ.
"އަޅުގަނޑު ކޮންމެ ރެއެއަކު ނިދާ ގަޑީގައި ހިތައް އަރާ ކިހިނެއް ބާއޭ ދުނިޔޭގައި ހިނގާ ކަންތައްތައް ބަދަލުކުރުމަށް މީހުންނަށް އެހީތެރިވަނީ އަދި ވަށައިގެންވާ މާހައުލުން ފެންނަ ޖަނަވާރުތައް ހިމާޔަތް ކޮށްދޭނީ. އިންސާނުން އެކަކު އަނެކަކަށް އަޅާލާ ގޮތައް އިންސާނުން ޖަނަވާރުންނަށް ވެސް އަޅާލަން ޖެހޭ." މިވީޑިއޯގެ ކެޕްޝަންގައި މައިކް ލިޔެފައިވެ އެވެ.
އިންސާނަކާ އެއްވަރަށް ފޯނާ ކުޅުމުގެ ކުޅަދާނަކަން ލިބިފައިވާ މި ޗިމްޕަންޒީ ވަނީ ވީޑިއޯ ބަލަައި ނިމުމުން އިންސާނުންނާއި ޖަނަވާރުން ކުޅޭ މަންޒަރު ދައްކުވައިދޭ އެހެން ވީޑިއޯތައް ބަލަން އިންސްޓަގްރާމް އެކައުންޓް ސްކްރޯލް ވެސް ކޮށްފަ އެވެ.
އެތައް ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ މި ވީޑިއޯގެ އޮރިޖިނަލް ބެލި މީހުންގެ އަދަދު ވަނީ ހަތް މިލިއަނަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އެތައް ހާސް ބަަޔަކު ވެނީ މި ވީޑިއޯ ޝެއާކޮށް ތަފާތު ކޮމެންޓްތައް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ