ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށެވެ. ކޯވިޑް19 ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށް އަޅަމުންދިޔަ ފިޔަވަޅުތަކާއިކުގައިވެސް އެހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 3 ފަހަރެއްގެ މަތީން ޤައުމާއި މުޚާތަބު ކުރައްވައި ޤައުމުގެ ހާލަތު ރައްޔިިތުންނާއި ހިއްސާ ކުރައްވާފައެވެ.
ކޯވިޑް19 އާއި ގުޅިގެން އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުުންތަކުގައި ނޫސްވެރިން އޮންލައިންކޮށް ސުވާލުކުރި ކަމުގައި ވީނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަށް ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިއުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ.
ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ސަރުކާރުންވަނީ އަޅާފައެވެ. މިފިޔަވަޅުތަކަށް ރާއްޖެއިން ބަލިފެނުނުތާ 100 އަށްވީ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ. މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ބޯޑަރު ހުޅުވާނެ ތާރީޚެއް އިއުލާންކުރައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އިތުރަށް އަޅަންހުރި މުހިންމު ފިޔަވަޅުތަކުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރައްވާނެއެވެ.
ރައީސް ބާއްވަވާ ނޫސްކޮންފަރެންސް މިއަދު ހަވީރު 16:30ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ