ކަރަންޓް ބިލް ދެއްކޭނެ ގޮތް ފަސޭހަކޮށްދީފި

ފެނަކައިން ބިލް-ޕޭ އެޕެއް ހަދައި އެޕް މެދުވެރިކޮށް ކަރަންޓް ބިލް ދެއްކޭނެ ގޮތް ފަސޭހަކޮށްދީފި އެވެ. ކަރަންޓް ބިލް ފިޔަވައި ގިނަ ބިލްތަކެއް އެޕް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި އެވެ.
ކަރަންޓް ބިލްވެސް އެޕް މެދުވެރިކޮށް ދެއްކޭނެ ގޮތް ހަދައިދީފައިވާކަން އިއުލާނުކުރައްވަމުން ފެނަކައިން ބުނެފައިވަނީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލައަށްވެސް މި އެޕުން ބަލާލެވޭނެ ކަމަށެވެ.
ފެނަކައިން ބުނެފައިވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބިލުދެއްކޭނެ ގޮތް ހަމަޖެއްސުމަށް އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ފެނަކަ ބިލް ޕޭ-އެޕް ޑައުންލޯޑްކުރެއްވުމަށް އެދިފައި އެވެ.
ފެނަކަ ބިލް-ޕޭ އެޕް މެދުވެރިކޮށް ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒަާމް މިހާރު ހަމަޖެހިއްޖެ. #ޓީމްފެނަކަ (1/2)އެންޑްރޮއިޑް ކަސްޓަމަރުން ފެނަކަ ބިލް ޕޭ-އެޕް ޑައުންލޯޑްކުރެއްވުމަށް: https://t.co/9aVQWROGeN— Fenaka Corporation Ltd (@TeamFenaka) June 11, 2020
ކަރަންޓް ބިލް އެޕްމެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ