ދައްތަ ޔުމްނާއަކީ "ސުޕަހީރޯ" އެއް: ފާރިސް މައުމޫން

އެއްބަނޑު އެއްބަފާ ދައްތަ ޔުމްނާ މައުމޫނަކީ ސުޕަހީރޯއެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ޔުމްނާގެ ކޮއްކޮ ފާރިސް މައުމޫން ޔުމްނާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫނާއިއެކު ސާބިތުވެތިއްބެވި މައުމޫންގެ ދެ ބޭފުޅުންނަކީ ޔުމްނާ މައުމޫނާއި، ފާރިސް މައުމޫނެވެ.
ފާރިސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުމްނާ މައުމޫނަކީ ސުޕަހީރޯއެއްކަމަށެވެ. އަދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫނަކީ އިންސާފުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ފާރިސްގެ ޓްވީޓް ނިންމާލަމުން އޭނާ ވިދާޅުވެފައިވަނީ ޔުމްނާގެ އާދަޔާ ޚިލާފު ބާރަކީ ލޯބިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ