ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާކުރެއްވުމުން މި ދެ ބޭފުޅުން މަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
މި ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.
ޖޭއެސްސީގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވިއިރު ހައިކޯޓާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން ކަނޑައަޅާ މުއައްސަސާ އަކީ ޖޭއެސްސީ އެވެ.
ފައިސަލް ޖޭއެސްސީގައި އިންނެވީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރުގެ ހައިސިއްޔަތުންނެވެ.
ޝަހީދު އާއި ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ