ކޮވިޑް-19 އާ ގުޅިގެން މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ

މިއަހަރު އަޟްހާ އީދުގެ ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެހެން އަހަރުތަކުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރި ނަމަވެސް މިއަހަރުގެ އަޞްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެހެންނަމަވެސް އީދު ނަމާދު ޖަމާއަތުގައި ކުރުން މިއަހަރުވެސް އޮންނާނެކަމަށާއި މާލޭގައި އީދު ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގެ އިތުރުން ހުކުރު މިސްކިތުގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަހުން މާލޭގައި އީދު ނަމާދު މާލޭގައި ކުރަމުން އައިސްފައިވަނީ ޓާފް ދަނޑުގައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދާއެކު ތިން މަހަށްވުރެއް ގިނަ ދުވަހު މާލެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލައިފައެވެ. އަދި އެއަށްފަހު މިސްކިތްތައް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.
ޖޫން 14 ވަނަ ދުވަހު މިސްކިތްތައް ހުޅުވިނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ