ކޮވިޑް-19: ރާއްޖޭގައި އޮތީ ޝަކުވާތަކާއި، ކަންބޮޑުވުމާއި، ބިރުވެރިކަން

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު ފާއިތުވި ހަފްތާއެއްހައި ދުވަހަށް ބަލާއިރު މަދު ނަމަވެސް ބިރުވެރިކަން އަދިވެސް ވަރަށް ބޮޑެވެ. ކޮވިޑް-19 ކޮންޓްރޯލް ވަމުންދާކަމުގެ ނިޝާނެއް އަދި ނުފެނެއެވެ. މާސްކް އެޅުން ފިޔަވައި އިތުރު ރައްކާތެރިކަމުގެ މާބޮޑު ފިޔަވަޅެއް މާލޭގައި އަޅާފައި ނެތުމުން ބަލި ފެތުރުން ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެކަމާއި މެދު އާއްމުން ސުވާލު އުފައްދައެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނައިރު އެޗްޕީއޭ އިން މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުން އެތައް ބައެއްގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން ބައްދަލުވި ހައި ރިސްކް މީހަކު އައިސޮލޭޝަނަށް ނުގެންދެވިގެން އުޅެނިކޮށް މިއަދު ވެސް ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުން އަވަހަށް އެކަހެރި ކުރަން ނުގެންދިއުމާއި، ހައި ރިސްކް މީހުން ޓެސްޓް ކުރުން ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމުގެ ޝަކުވާތައް ހުއްޓުމެއް ނެތި ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ