އަވަށްޓެރިއަކު ނަމަވެސް ކެއުމަށް ފިރިމީހާއަށް އެކަނި ދައުވަތު ދިނުމުން ޤަބޫލުކުރުމެއް ނެތްކަން ސުންނަތުން!

ރަސޫލް (ޞޢވ) ގެ އަވަށްޓެރިއަކު ސުރުވާ ކެއްކުމަށްފަހު ރަސޫލް (ޞޢވ) ދެފަހަރުމަތިން ދައުވަތު އެރުވުމުންވެސް އެ ދަުވަތު ވަނީ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. ޤަބޫލުފުޅުކުރެއްވެވީ 3 ވަނަ ފަހަރު ޢާއިޝަތުގެފާނާއިއެކު ވަޑައިގަތުމަށް ދައުވަތު އެރުވުމުންނެވެ. 
އެއިރު ހުންނެވީ ޢައިޝަތުގެފާނާއިއެކުގައެވެ. ދަޢުވަތުގައި ޢައިޝަތުގެފާނު ހިމެނުމަށް ހުށަހެޅުއްވި ވެސް މެއެވެ. ނަމަވެސް އޭނާ ފުރަތަމަ 2 ފަހަރު އެކަމަށް އިންކާރުކުރީއެވެ. އަދި 2 ފަހަރުވެސް ރަސޫލް (ޞޢވ) އިންކާރުކުރެއްވެވުމުން 3 ވަނަ ފަހަރު ޢައިޝަތުގެފާނާއިއެކުގައި ވަޑައިގަތުމަށް ދަޢުވަތު އެރުވުމުން ޤަބޫލުފުޅުކުރައްވަވައި ވަޑައިގެންނެވީއެވެ.  
މިއީ ހަމަ މިއަދުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ފިރިމީހާއަށް އެކަނި ދައުވަތުދިނުމުން އަނބިމީހާގެ ހިތުގައި އެދައުވަތާއިމެދު ޝައްކާއި ސުވާލުތައް އުފެދުމަކީ މެދުވެރިވުން ވަރަށް ގާތްކަމެކެވެ. ވީމާ ރަނގަޅު ގޮތަކީ ދެމަފިރިންނަށް އެކުގައި ދަޢުވަތު ދިނުމެވެ.  
ރަސޫލް (ޞޢވ) ދައްކަވައި ދެއްވަވާފައިވާ މިފަދަ ކޮންމެ ކަމަކަށް ޢަމަލުކުރުމުން ވެސް ކުރާނީ ފައިދާއެވެ. އެފަދަ ރަނގަޅު އާދަތައް ދަސްކޮށްދެއްވަވާފައި އެވަނީ ހަމަ އެންމެންގެ ފައިދާއަށެވެ. 
Anas narrated that the Prophet had a Persian neighbor who was good in cooking soup. One day he prepared some soup and invited the Prophet to it. `A’ishah was present so the Prophet suggested to the neighbor that she should join them. The neighbor refused to include her in the invitation. The Prophet, therefore, declined the invitation.
The Persian repeated the exclusive invitation for the Prophet who, once again, declined the invitation.
In the third attempt, the Persian neighbor invited both the Prophet and his wife, `A’ishah (may Allah be pleased with her). Then, the Prophet accepted his invitation and went with `A’ishah to the man’s house. (Muslim)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ