ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ނެގޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ދެ ހައްލެއް ހުށަހަޅައިފި

މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން ނަމަ ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުން ބަޔާން ކުރާ ގޮތަށް ކަމަށް ބުނާ ނަމަވެސް، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ ގޮތެއް ބަޔާންކޮށްފައި ނެތުމުންނެވެ. ހައިކޯޓުގެ އެ ހުކުމާއެކު ސިއްރު ހެކި ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް މަޑުޖެހުމުން ހުކުމުގެ އެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި މިއަދު ވަނީ ހުކުމް އިއްވައފިައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިއްރުން ހެކިބަސް ނުނެގޭނެ ހައި ކޯޓުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދިން މާނަކުރުމަކީ ތިލަ މާނަ ކުރުމެއް ކަމަށެވެ. "މަތީގައިވާ މާނަ ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާއި އެ ގާނޫނުގެ 149 ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތާއި އެ މާއްދާގައިވާ އިޖުރާއަތްތަކާ ގުޅުންހުރި އެހެނިހެން އުސޫލުތަކާއި އެ މާއްދާއަށް އަމަލުނުކުރެވޭ ގޮތް މެދުވެރިވެއްޖެ ނަމަ އެކަމުގެ ސަބަބުން ގާނޫނުއަސާސީގައިވާ އަސާސީ ހައްގެއް ގެއްލިގެންދާނެކަން ނުވަތަ ނޫންކަން ފަދަ ސަމާލުވެ ފާރަވެރިވާން ޖެހޭ ކަންކަމަށް ސަމާލުވެ ފާރަވެރިވެ ނުވެ ކޮށްފައިވާ ތިލަ މާނަ ކުރުމެއް،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. "މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުން 2016 އޭޕްރިލް 18 ވަނަ ދުވަހު ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އޭގެ 39 އަހަރާއި ހަ މަހާއި 24 ކުރިން ފާސްކޮށްފައިވާ ގާނޫނަކަށް ހަވާލާދީފައި އޮތް އޮތުމަކީ ފާޅުކަންބޮޑުގޮތެއްގައި ގާނޫނީ ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަން ޖެހޭ. އެހެނީ ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކަށައެޅި މަގުސަދު ހާސިލުނުވާނެހެން އެ ގާނޫނުގައި އެ މަޖިލީހުން މާއްދާއެއް ހިމެނުމަކީ އެ ގާނޫނުން ހައްލު ކުރުމަށް ބޭނުންވާ މައްސަލަ ހައްލު ވާނެ ކަމެއް ނޫން،" ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން ނިންމި ނިންމުމުގައި ވަނީ ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކުރި ބައި ބާތިލުކޮށްފަ އެވެ. "ދެން ފަހެ އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ [ގަޒިއްޔާ ނަމްބަރު] ފާހަގަކުރެވުނު ނުކުތާތަކުގެ ތިން ވަނަ ނަމްބަރުގެ (ނ)ގައި ހެކިބަސް ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭގޮތުން ނިންމަވާފައިވާ ނިންމުމަކީ ކަމާ ބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ނުފެންނާތީވެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ [ގަޒިއްޔާ ނަމްބަރު] ގަޒިއްޔާގެ އެ ބައި ބާތިލުކޮށްފިިން،" އިތުރު ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ