ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައި ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒުކުރަން ދެކޮޅު ހެއްދެވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިިފި އެވެ.
ނަވާޒު ޖޭޕީއަށް ސޮއިކުރެއްވީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނަވާޒު ވަނީ ޖޭޕީއަށް ސޮއިކުރެއްވި ފޯމު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހަވާލުކުރައްވާފައެވެ.
ނަވާޒު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފު މަސައްކަތް ކުރެއްވުމުން އެބޭފުޅާ މަގާމުން ވަކިކުރެއްވުމަށް ފަހުއެވެ.
ރައީސް ގާސިމް އިބްރާހިމްއާ އެވެ.
އެކްޓިން ކޮމިޝަނަރަކަށް ހުންނެވި ނަވާޒް އެ މަގާމުން ވަކިކޮށް އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރީގެ ރައީސް ޔާމީން އައްޔަން ކުރެއްވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމާ އެކުގަ އެވެ. އެ ސަރުކާރުގެ މުއްދަތު ހަމަވަންދެން ނަވާޒް ހުންނެވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
އޭގެ ފަހުން ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނުތައް ނައްޓާލުމަށް ފަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރި އިރު -ފުލުހުންގެ އިސް ވެރިޔަކަށް ހުންނެވީ ވެސް ނަވާޒެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަން ދެކޮޅު ހެދި ނަވާޒު ޖޭޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ