ޙާފިޒް އަހުމަދު ސްކޫލްގައި ފަރުކޮއެ ޕްރޮގްރާމް ފަށައިފި

ފުވައްމުލައް ސިޓީގެ ޙާފިޒް އަހުމަދު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮގެން ފަރުކޮއެ ޕްރޮގްރާމް ހިންގަން ފަށައިފިއެވެ.
ޙާފިޒް އަހުމަދު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަރުކޮއެ ޕްރޮގްރާމް ހިންގަން ފަށާފައިވާއިރު، މިޕްރޮގްރާމް ހިންގަނީ އެސްކޫލްގެ ގްރޭޑްތަކަށް ވަކިވަކިންނެވެ. އެގޮތުން ގްރޭޑް ދޭއްގެ ދަރިވަރުންނަށް ފުވައްމުލަކުގައި މޫދަށް އެރިއުޅުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދު "ރަސްގެފަންނު" ގައި މިޕްރޮގްރާމް ކުރިއަށް ގެންދިޔައިރު، ގްރޭޑް 3 ގެ ދަރިވަރުނަށް މިޕްރޮގްރާމް ކުރިއަށްދިޔައީ "ބޮޑުފަންނު" ސަރަހައްދުގައެވެ.
ފަރުކޮއެ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންންގުމަށް ފުލުހުންނާއި ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ