ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނވަންކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވިގޮތުގައި އެެ މައްސަލައިގައި މިހާތަނަށް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ.
އިއްޔެ ބައެއް ސިޔާސީ ލީޑަރުން ކްރިމިނަލް ކޯޓުން ދޫކޮށްލި އިރު އެބޭފުޅުންނާ ރައީސް މައުމޫނާ ދެމެދު ތަފާތުކުރުމެއް ގެންގުޅެފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫން ދޫކޮށްލުމުގެ މައްސަލައިގައި އިއްޔެ ކްރިމިނަލްް ކޯޓަށް ހާޒިރު ކުރުމަށްފަހު އަލުން ޖަލަށް ގެންދިޔައީ މައްސަލައާ މެދު ގޮތެއް ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަ އެހެން ދުވަހަކަށް ފަސްކޮށްފައިވަނީ ރައީސް މައުމޫންގެ މައްޗަށް އެކި މުއްދަތުގެ ޖަލު ހުކުމްތައް އައިސްފައި ވަނިކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލް ކުރިޔަސް، ބަންދުން މިނިވަން ނުވާނެތީ ކަމަށެވެ.
މައުމޫންގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ