މާލެ އިން ކަރަންޓު ދިޔައީ ޖެނެރޭޓަރެއް ނިވިގެން

ރޭ މާލޭގައި ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވަނީ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައުފް ވިދާޅުވީ ކަރަންޓް ކެނޑެއް މެދުވެރިވީ ޖަނަރޭޓަރަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޖަނަރޭޓަރު ނިވިގެން ކަމަށެވެ.
"ގާތްގަނޑަކަށް 45 މިނެޓަށް ކަރަންޓް ކަނޑައިގެން ދިޔައީ މާލޭގެ ހަބައިކުޅަ އެއްބައިން. އަޅުގަނޑުމެން އެކަން ފިކްސްކޮށް އިރުކޮޅެއްގެ ތެރޭގައި ވަނީ ކަރަންޓް ދެވިފައި" ރައޫފު ވިދާޅުވިއެވެ.
ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައި ވަނީ 1:20 ހާއިރުއެވެ. މާލޭއިން ކަރަންޓް ކެނޑުމާއެކު ބައެއް ގޭގެއިން މީހުން މަގުމައްޗަށް ނިކުމެ ކުޑަކުދިން ގޮވައިގެން މަގުމަތީގައި އުޅެފައިވެއެވެ.
ރޭ މާލެއިން ކަރަންޓް ގޮސްފައި ވަނީ ހެންވޭރާއި، ގަލޮޅާއި އަދި މާފަންނޫއިންނެވެ. މާފަންނޫގެ ބައެއް ގެ ތަކުން ކަރަންޓް ދިޔައިރު ހެންވޭރުގެ ބޮޑު ބަޔަކުން ކަރަންޓް ވަނީ ގޮސްފައެވެ.
ރޭ މާލެއިން ކަރަންޓް ކެނޑިފައިވާއިރު ފަހަކަށް އައިސް މާލެއިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ