ހުޅުމާލޭގައި އިމާރާތްކުރަމުންދާ ހުރަވީ ސްކޫލް ނައިބު ރައީސް ބައްލަވާލައްވައިފި

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުމާލޭގައި އިމާރާތްކުރަމުންދާ ހުރަވީ ސްކޫލް ބައްލަވާލައްވައިފިއެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ހުރަވީ ސްކޫލަށް މިއަދު މެންދުރު ކުރެއްވި ޒިޔާރަތެއްގައި ނައިބު ރައީސް ވަނީ އެ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ހުރަވީ ސްކޫލްގެ އިސްވެރިން ވަނީ ނައިބު ރައީސަށް ސްކޫލާ ގުޅޭގޮތުން ބައެއް މައުލޫމާތު އަރުވާފައެވެ.
ހުރަވި ސްކޫލަކީ ރާއްޖޭގައި މިހާތަނަށް އިމާރަތް ކުރެވޭ އެންމެ ބޮޑު ސްކޫލެވެ. ހުޅުމާލެ ނެއިބަހުޑް 1 ސަރަހައްދުގައި އަޅާފައިވާ މި ސްކޫލްގައި މިއަހަރު ކިޔަވައިދޭން ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ