ރައީސް ޔާމީންގެ ފަސް އަހަރަކީ، 50 އަހަރުގެ ތަރައްޤީ ލިޔެވިގެންދިޔަ އަހަރުތަކެއް- މެމްބަރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރަކީ ދިވެހި ތާރީޚުގައި 50 އަހަރުގެ ތަރައްޤީ ލިޔެވިގެންދިޔަ އަހަރުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ޝިޔާމް އެހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ޒައާއްމަތުގެ 5 އަހަރުގެ ތާރީޚީ ސަފުހާތަކަކީ 50 އަހަރުގެ ތަރައްޤީ ލިޔެވިގެންދާ ސަފްހާތަކެއްކަން ދިވެހި ފަސްގަނޑު މިއަދު ހެކިދޭ ކަމަށެވެ. އަދި އެމަނިކުފާނަށްޓަކައި، ދިވެހި ލޮބުވެތި ރައްޔިތުން އަބަދުވެސް ފަޚުރުވެރިވެ ޝުކުރުވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.ޝިޔާމްގެ އިތުރުން، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލްވެސް ވަނީ ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވެ، ޝުކުރުވެރިވާނެ ކަމަށް ވިދާޅުވެފައެވެ. ހަލީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހިރާއްޖެ އެކި ރޮނގުރޮނގުން ދެކެފައިވާ ކުރިއެރުުން މިހާ ކުރު މުއްދަތެއްގައި ރާއްޖެ ތަޖުރިބާ ކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ