ޓްރީޓޮޕްގެ ނަމުގައި ފޭކް ކޯލްތަކެއް، ފައިސާ ޖަމާކުރަން ނުގުޅާނެ

ޓްރީޓޮޕް ހޮސްޕިޓަލްގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށާއި އެ ހޮސްޕިޓަލްއިން ހިދުމަތް ހޯދާ ފަރާތްތަކުން އެއްވެސް ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރަން ނުގުޅާާނެ ކަމަށް އެ ހޮސްޕިޓަލްއިން ބުނެފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްއިން ބުނީ، ޓްރީޓޮޕް ހޮސްޕިޓަލްގެ މުއައްޒަފުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އެކި ފަރާތްތަކުން ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްއިން ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެއްވެސް ފަރާތަކުން ހޮސްޕިޓަލުން ނޭދޭނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ޓްރީޓޮޕްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެފަދަ ކޯލެއް ކޮށްފިނަމަ ޓްރީޓްޕް ހޮސްޕިޓަލަށް ގުޅައި މައުލޫމާތު ސާފު ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ