ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދެ ކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ކޮއިމްބަތޯއަށް ވަޑައިގަންނަވަނީ ބޭސްފަރުވާއަކަށް ކަމަށާއި ލަސްތަކެއް ނުވެ އެނބުރު ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫނު ބޭސްފަރުވާއަކަށް ފުރާ ވަޑައިގެންފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކޯލިޝަނުން ވާދަ ކުރުމާމެދު ގޮތެއް ނިންމުމަށް ހަތަރު ލީޑަރުން ހޮޓެލް ޖެންގައި މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި މަޝްވަރާވެސް ގޮތެއް އަދި ނުނިމިފައި ވަނިކޮށެވެ. އަދި އެ ހަތަރު ލީޑަރުން ކުރެއްވި މަޝްވަރާއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް ވިދާޅުވީ ގޮނޑިތަކުގެ މައްސަލާގައި ގޮތެއް ނުނިންމުނު ނަމަވެސް، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އެދުވަހުގެ މަޝްވަރާއަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ކޯލިޝަން ދެެހެއްޓުމަށް އިތުރަށް ކުރެވެންހުރި ކަންކަމާމެދު މަޝްވަރާކޮށް ކޯލިޝަން ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް ހަތަރު ލީޑަރުންވެސް އަޒުމް ކަނޑައެޅުއްވި ކަމަށެވެ. އަދި ރައީސްގެ ލެޖިސްލޭޓިވް އެޖެންޑާގައި މުހިއްމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ވީއެންމެ އަވަހަށް ކުރިއަށް ގެންދިއުމަށްވެސް އެއްބަސްވެވުނު ކަމަށް ވިދާޅުވި އެވެ.
މީގެތެރޭގައި ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ އެޖަލްސާގައި ގޮތްތަކެއް ނިންމުމަށް އެއްބަސްވެވުނު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނު ދެ ކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ