މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ހަންޓަރ އަހުމަދު

މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ހަންޓަރ އަހުމަދު އެމް.ޑީ.ޕީ. އިން ކުރިމަތިލައްވައިފި އެވެ.
އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަށްފަހު ހިންނަވަރު ރައްޔިތުންގެ އެންމެތާއީދުބޮޑު މަޤުބޫލު މީހެއްކަމުގައި ހިންނަވަރު ގިނަ ރައްޔިތުން ގަބޫލުކުރާ ހަންޓަރ އަހުމަދު އެމް.ޑީ.ޕީ. ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ ރައްޔިތުންމަޖިލިހުގެ ޕުރައިމަރީ ގައި ވާދަކުރެއްވުމަށް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފައެވެ.
ހަންޓަރ އަހުމަދަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ގެނައުމަށްޓަކައި ހިންނަވަރު ދާއިރާގައި ޢަމަލީ ގޮތުން މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހަންޓަރ އަޙުމަދާ އެކު މިދާއިރާގެ ޕުރައިމަރީގައި އިތުރު ތިންފަރާތެއް ވާދަކުރައްވާނެކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް ހިންނަވަރު ރައްޔިތުންގެ ގިނަބަޔަކު ބުނާގޮތުގައިނަމަ އިދިކޮޅު ކެނޑިޑޭޓުންނަށް ހަންޓަރ އަހުމަދާ ވާދަކުރަން މިދާއިރާގައި އުދަގޫވާނެއެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އެޕް.ޑީ.ޕީ. ޕްރައިމަރީ އަށް ހަންޓަރ އަހުމަދު އާވެދާނެއެވެ. އެހެންނަމަވެސް ޕްރައިމަރީއިން ހަންޓަރ އަހުމަދު ހޮވިއްޖެނަމަ އެމް.ޑީ.ޕީ އަށް އެންމެ ޔަގީން އެއްގޮޑިޔަކީ ހިންނަވުދާއިރާގެ ގޮނޑިކަމުގައި އެ ފަރާތްތަކުން ޔަޤީން ކަމާއެކު ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ