މިއީ ކަރަންޓް ކެނޑޭ މައްސަލައިގައި ދައްކަން ލިބުނު މޮޅު ބަހަނާއެއް

ވެނެޒުއެލާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޓާޗިރާއަކީ ރައްޔިތުން ދުވާލަކު އަށްގަޑިއެއްހާ އިރު ކަރަންޓާ ނުލައި އުޅެން ޖެހިފައިވާ ދިރިއުޅުމުގެ ތަކުލީފު ބޮޑު ސްޓޭޓެކެވެ. އެކަމަކު ކަރަންޓްގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި ކޯޕޯއިލެކް އިން ކަރަންޓް ކެނޑެން ދިމާވާ ސީދާ ސަބަބެއް ރައްޔިތުންނަށް ރަނގަޅަކަށް މިހާތަނަކަށް ސާފެއް ނުކޮށްދެ އެވެ.
ކަރަންޓް ކެނޑޭ މައްސަލަ އަށް ސަރުކާރުން އާންމުކޮށް ދައްކާ ބަހަނާއަކީ ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދޭން ބޭނުން ކުރާ ވަސީލަތްތަކަށް ބައެއް މީހުން ގަސްތުގައި ގެއްލުން ދިނުމެވެ. މިހާރު މިއޮތީ މިއީ ހަމަ މިކަން ހިނގާ ގޮތްކަން ރައްޔިތުންނަށް ހެއްކާ އެކު ދައްކަން ލިބުނު ދަނޑިވަޅަކާ ދިމާވެފަ އެވެ.
por lo cual se suspenderá el servicio eléctrico en algunos sectores del estado Táchira por un lapso aproximado de 1 hora @LMOTTAD 2/2 pic.twitter.com/9rSeLbNmAD— Corpoelec Táchira (@corpoelectachir) December 9, 2018
ކޯޕޯއިލެކްގެ ޓްވީޓް.ޓާޗިރާގައި ޕެރަގްލައިޑިންގެ ކުޅިިވަރު ކުޅެން އުޅުނު މީހަކު މި ވަނީ މަތިން އަޅާފައިވާ ކަރަންޓް ކޭބަލްތަކެއްގައި އަޅައިގަނެ ތާށިވެފަ އެވެ. އެހެންވެ މި ހާދިސާ ހިނގުމާ އެކު ފުރުސަތުގެ ބޭނުން ހިފައި ކޯޕޯއިލެކް އިން ވަނީ ކޭބަލްގައި އަޅައިގެންފައި އޮތް މީހާގެ ފޮޓޯ ނަގައި ޓްވީޓްކޮށް، ކަރަންޓް ކެނޑެން ދިމާވަނީ މިފަދަ މީހުންނާ ހެދި ކަމަށް ބުނެފަ އެވެ.
View this post on Instagram A post shared by @lmottad on Dec 9, 2018 at 3:50pm PST
މިނިސްޓަރުގެ އިންސްޓަގްރާމް ޕޯސްޓެއް.އެނަޖި މިނިސްޓަރު ލުއީ މޮޓާ ޑޮމިންގޭޒް ވިދާޅުވީ ނަސީބު ދިމާކުރި ގޮތުން ޕެރަގްލައިޑާ އަޅައިގަތް ކޭބަލަކީ އެ ދަނޑިވަޅުގައި ކަރަންޓް ނެތް ކޭބަލެއް ކަމަށާއި އެހެން ނޫން ނަމަ އޭނާގެ ފުރާނަ އަށް ވެސް ނުރައްކާވީސް ކަމަށެވެ. ކޭބަލްގައި އަޅައިގަތް މީހާ ވަނީ ސަލާމަތްކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓާޗިރާ އިން ކަރަންޓް ކެނޑެނީ ވަސީލަތްތަކަށް ލިބޭ މިފަދަ ގެއްލުންތަކާ ހެދި އެވެ. އެހެންވެ މިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޓާޗިރާގެ ކަރަންޓް ކޭބަލްތަކަށް ގެއްލުން ލިބޭ ކަހަލަ ކަންކަން ރައްޔިތުން ނުކުރަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ