މައުމޫން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް އަލްހާން ފަށައިފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހާމަކުރައްވައިފިއެވެ.
މޫކައި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ފަހުމީ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އަންނަ ހޯމަ ދުވަހުން ފެށިގެން އޭނާގެ އޮފީހުން ބަލައިގަންނާނެ ކަމަށާއި މައްސަލަތަކާއިގެން އައުމުން، މައްސަލަތައް އަޑު އަހައި، ލޯޔަރުންގެ އެހީތެރިކަމާއިއެކު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
“މައުމޫން ހުވާ ކުރަން ދިޔައިރު ބަޑި އެއް ހިފައިގެން ދިޔަ މައްސަަލަ އާއި، ހަވަޔަށް ފަޒާއަށް ބަޑި ޖެހި މައްސަަލަ، މިފަދަ މައްސަލަތައް ބަލާނަން.” އަލްހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ