އަނބިމީހާގެ ފޯން ފިރިމީހާ ޗެކް ކުރުމުން ވަރިކުރަން ކޯޓުން އަމުރުކޮށްފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ފިރިމީހާ އޭނާގެ އަނބިމީހާގެ ފޯން އަބަދު ޗެކް ކުރާތީ ފިރިމީހާ ކައިރިން ވަރިވާން އަނބިމީހާ ކޯޓަށް މައްސަލަ ހުށަހެޅުމުން އަނބިމީހާ ވަރިކުރަން ކޯޓުން ފިރިމީހާގެ މައްޗަށް އަމުރު ކޮށްފި އެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ފިރިހެން މީހާ ކައިރިން ވަރިވާން އަންހެން މީހާ މައްސަލަ ހުށަހެޅީ އަންހެން މީހާ އެހެން ފިރިހެނަކާއި ގުޅުން އޮންނަ ކަމަށް ފިރިހެން މީހާ ޝައްކު ކޮށް ފޯން ޗެކް ކުރާތީ އެވެ.
ކޯޓުގައި އަންހެން މީހާ ބުނެފައި ވަނީ ފިރިހެން މީހާ އޭނާ އަށް ޝައްކު ކުރަން ފެށީ ކައިވެނި ކުރިތާ 4 ވަރަކަށް މަސް ފަހުން ކަމަށެވެ.
އަދި އޭނާ އެހެން މީހަކާއި ގުޅުމެއް އޮންނަ ކަމަށް ޝައްކު ކޮށް ހުރިހާ ފޯން ކޯލްތަކެއްގެ ތަފްސީލާއި މެސެޖްތައް ކިޔާތީ އެކަމާއި ގުޅިގެން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އަންހެން މީހާ ބުންޏެވެ.
މިމައްސަލައިގައި ކޯޓުން ނިންމާފައި ވަނީ މިދެމަފިރިންނަކީ އެކުގައި ނޫޅެވޭނެ ދެމީހުން ކަމަށާއި ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކައިވެނި ރޫޅާލުން ކަމަށެވެ.
މަސްދަރު : އެމިރޭޓް އަލް ޔޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ