އާންމުންނާއި ދުރަށް 99 ޕަސެންޓް އިންޖީނުގެ ބަދަލުކޮށްފި

އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ބަދަލުކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.
ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅު، ރަތްމަންދޫ އިންޖީނުގޭގެ ބިންގާ އެކަހެރި ހިސާބެއްގައި އެޅުމާއެކު 99 ޕަސެންޓް ހާސިލް ކުރެވިފައި ވާކަން ކަމަށެވެ.
ރަތްމަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގެ އިތުރުން ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދެވެ.
އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ