ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ސުއޫދުގެ އައު ފޮތެއް ޝާއިއުކޮށްފި

އިސްލާމީ ޝަރީއާގެ ހެއްކާ ބެހޭ އުސޫލުތައް ރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް"ގެ ނަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ފޮތެއް ޝާއިއުކޮށްފިއެވެ. މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ޝާއިއުކުރި 406 ސަފްހާގެ މި ފޮތް ބަހާލެވިފައިވަނީ 15 ޗެޕްޓަރުގެ މައްޗަށެވެ. މި ފޮތަކީ އިސްލާމީ ޝަރިއަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ހެކިބަހާބެހޭ އުސޫލުތައް ބަޔާންކޮށް، އިސްލާމީ ޝަރިއަތުގައި ބަޔާންކޮށްފައިވާ ހެކިބަހާ ބެހޭ އުސޫލުތައް ރާއްޖޭގެ ކޯޓުތަކުން ތަންފީޒު ކުރަމުންގެންދާ ގޮތް ބަޔާންކުރުމަށް ލިޔެވިފައިވާ އެންމެ ތަފްސީލީ ފޮތެވެ. މި ފޮތުގެ އިތުރުން ރާއްޖޭގެ ގާނޫނާބެހޭ ގޮތުން ހުސްނުއްސޫދު ލިޔުއްވާފައިވާ 15 ފޮތެއް ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ޝާއިރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބިމާބެހޭ ތަރުތީބު، ރާއްޖޭގެ ގާނޫނީ ނިޒާމު، ކޮންޓްރެކްޓާބެހޭ ގާނޫނު، ކުންފުންޏާބެހޭ ގާނޫނު، އިސްލާމީ ޝަރިއަތުގައި ތަރިކަ މުދާބެހުން ފަދަ ފޮތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ