މާލޭ ހުކުރު މިސްކިތުގައި ބިދޭސީއެއް އެހެން ދީނެއްގެ އަޅުކަމެއް ކުރާ ވީޑިއޯއެއް އާންމުވެއްޖެ

މާލޭ ހުކުރު މިސްކިތުގެ ބިދޭސީ އަންހެނެއް ޣައިރު ދީނުގެ އަޅުކަމެއްކަމަށް ބެލެވޭކަމެއް ކުރާ ވީޑީއޯއެއް އާންމުވެއްޖެއެވެ. އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އެ އަންހެން މީހާ މިސްކިތުގެ އިންނަނީ އެއްފަރާތެއްގައި "މެޑީޓޭޝަން"ގައެވެ. މީގެއިތުރުން އޭނާ އެތާ އިންނައިރު ކުރިމަތީގައި އެއްޗެއް އޮތްތަންވެސް ފެނިގެން ދެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުކުރު މިސްކިތުގައި އަންހެނެއް އަޅުކަންކުރަމުން ދާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ފުލުހުން ގޮސް ބެލި ބެލުމުން އެ ފަދަ ކަމެއް ފާހަގަނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ