ރޭ މާލެ ސިޓީކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނާއިއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ދާއިރާގެ މެމްބަރު ޢަލީ ނިޔާޒަށް އެދާއިރާގެ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.
މިބައްްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒުވެސް ވަނީ ބައިވެރިވެ ވަޑައިން ޚިޔާލު ހުށައަޅުއްވާފައެވެ.
މެމްބަރު ޢަލީ ނިޔާޒްގެ ވާހަކަފުޅަށްފަހު ޚިޔާލު ފާޅުކުރި ޒުވާން ވިޔަފާރިވެރިޔަކު ބުނީ ދާއިރާގެ މެމްބަރު ނުވަތަ ހުޅުމާލޭގެ ރައްޔިތުންގެ މަންދޫބޭ ވިދާޅުވާން ޢަލީ ނިޔާޒް ލަދުގަންނަން ޖެހޭކަމަށެވެ.
އަދި ދާއިރާ ތަމްސީލު ކުރައްވަން މަޖިލީހަށް އިންތިޚާބު ވެވަޑައިގެން ފަހުން ދާއިރާގެ ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުންވެސް ޚިޔާލު ފާޅުކުރި ގިނަބަޔަކު ބުނީ އިންތިޚާބަށް ވޯޓު ހޯއްދެވުމަށް ވަޑައިންނެވުމަށްފަހު މެމްބަރުކަމަށް އިންތިޚާބުވުމުން ހުޅުމާލޭގެ ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް ހޯއްދަވާފައިނުވާ ކަމަށާއި، ހުޅުމާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށް އެއްވެސް މަސައްކަތެއް މެމްބަރު ނިޔާޒް ކޮށްދެއްވާފައި ނުވާކަމަށެވެ.
ހުޅުމާލޭގެ ބައްދަލުވުމުގައި ގިނަ ރައްޔިތުން އެދިފައިވަނީ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރު އިންނަވައިން ޤާނޫނުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭންޖެހޭ ބާރުތައް ހޯއްދަވައިދިނުމަށް މަސައްކަތްކުރެއްވުމަށެވެ.
ހުޅުމާލޭގެ ރައްޔިތުން ފާޑުކިޔުމާއި ނުރުހުން ދާއިރާގެ މެމްބަރު ޢަލީ ނިޔާޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ