ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެގޮތުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00އަށް ޅ.އަަތޮޅުން ފެށިގެން ގދ.އަތޮޅުގެ ސަރަހައްދުތަކަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންނާއި، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ ބޮޑުބަޔަކަށް ޔެލޯ އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ