މެޑަމް ފާތުންނާއެކު ރައްޔިތުން ސެލްފީ ނަގަނީ ހިތު ލޯބިން، އެކަން މަހުލޫފަށް ހަޖަމު ނުވަނީ - މެންބަރު ޔާމީން

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަަލުން ފާތިމަތު އިބުރާހިމްއާއެކު ރައްޔިތުން ސެލްފީ ނަގަނީ ހިތު ލޯބިން ކަމަށާއި ހަމަނުޖެހެހޭ ވާހަކަ މިކަމާ ގުޅިގެން މަހުލޫފު ދައްކަނީ އެކަން ހަޖަމު ނުވާތީ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެމްބަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހިމް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށުގެ ރައްޔިތުން އެކަމަނާއާ ސަލާން ކުރައްވާ، ބައްދާލުމަށް ނިކުންނަނީ 500 ރުފިޔާ އުޖޫރައެއްގެ ގޮތުގައި ދީގެންކަމަށެވެ.
މިކަމަށް ރައްދު ދެއްވާ ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ މެޑަމްއާއެކު ސެލްފީ ނެގުމަށް ނިކުންނަނީ ހަމައެކަނި ޕީޕީއެމް މެންބަރުން ނޫން ކަމަށާއި މިއަދު މެޑަމް ރަށްތަކަށް ވަޑައިގަތުމުން އެމްޑީޕީ މެންބަރުންވެސް އެކަމަނާއާއެކު ސެލްފީ ނެންގެވުމަށް ނިކުންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މަހުލޫފުމެން ކަހަލަ ކުރާނެ ކަމެއް ނެތިގެން އުޅޭ މީހުން މެޑަމް ރައްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އަޕްޑޭޓް ބައްލަވާތީ އުފާ ކުރައްވާ ކަމަށާއި ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކުވެސް މެޑަމްއާއެކު ސެލްފީ ނަގަނީ ނަގާ ހިތުން ކަމަށެވެ.
މެންބަރު ޔާމީން އިތުރަށް ވިދާޅުވީ މިއަދު ރައީސް ޔާމީންއާ މެޑަމް ފާތުން ރަށްތަކަށް ޒިޔާރަތް ކުރުމަކީ އެރަށްތަކަށް އަންނަ ގައުމީ އީދެއްގެ ގޮތުގައި މަންޒަރު ސިފާވާ ކަމަށާއި މިކަން ކަން މިހެން ހުރި އިރު މަހުލޫފުމެން މަސައްކަތް އެކުރަނީ ބޮޑު މަންޒަރު ބަދަލު ކުރަން ކަމަށެވެ.
ނަމަވެސް މިއަދުވެސް އަދި ކުރިންވެސް ރައްޔިތުންނަށް މެޑަމްއާއެކު ސެލްފީ ނަގަން ނިކުންނަށް އެންމެ ރުފިއާއެއްވެސް ދީފައިނުވާއިރު މަހުލޫފުމެން ދޮގު ހަދައިގެން ދައްކާ ވާހަކަ މިހާރު ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. މެޑަމް ފާތުން އއ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވުމުން އެރަށްތަކުގެ ކައުންސިލްތަކާއި ޖުމުލަ ގޮތެއްގައި ހުރިހާ ރައްޔިތުން ރަށަށް ގެންނަވާ ތަރައްޤީގެ އަގު ވަޒަން ކުރާކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޝުކުރު ދެންނެވުމަށް މެޑަމް ފާތުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ