ޕީޕީއެމް ފަޚުރުވެރިވަނީ ދިވެހި ލޮބުވެތި ރައްޔިތުން ކުރާ ތާއީދަށްޓަކައިކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މި ޤައުމުގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ 29 ބިލިއަންގެ ދަރަންޏަކާ އެކުގައިކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ، އެދަރަނި އަރަންޏަކަށް ބަދަލުކުރައްވާނެ ކަމަށާއި އަދިވެސް ތަރައްޤީގެ މަޝްރޫއުތައް ހުރީ ހަމަ މެކުހަށް ޖަހާފައި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރައީސް ލޯނު ނަގާ ވާހަކަ އިދިކޮޅުން ވަރަށް ހަރުއަޑުން ގޮވަމުން އަންނަ ކަމަށާއި އެ ލޯނުތައް ނަގަައިގެން ކުރަނީ ކޮންކަމެއްތޯ ބެލުން އެބަ އޮތްކަމަށެވެ. ބޮޑެތި ލޯނުތައް ނަގައިގެން ރައީސް ޔާމީން ތަރައްޤީ ކުރައްވަނީ ދިވެހިރާއްޖެ ކަމަށާއި އަމިއްލަ ބޭނުމަށް ނޫންކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
2018 ވަނަ އަހަރު ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ވޯޓު ދޭން ޖެހެނީ އައިޑީކާޑު ޖަހާފައި އަލަތު ކައިވެނީގެ ފްލެޓްގެ ދޮރު ހުޅުވުމަށްފަހު އެދޮރުން ވަނުމަށްޓަކައި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ރައްޔިތުންގ އުއްމީދުތައް ޙާސިލް ކުރުމަށްޓަކައި މައި މުގުލައި ހުންނެވީ މެޑަމް ފާތުން ކަމަށް ވެސް ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
ޕީޕީއެމް ފަޚުރުވެރިވަނީ ދިވެހި ލޮބުވެތި ރައްޔިތުން ޕާޓީއަށް ކުރާ ތާއީދަށްޓަކައި – ރިޔާޒު ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ