ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ގާސިމްއަށް ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އެޑްމިޓްކޮށްގެން ގާސިމަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ، މިމަހުގެ 16 ވަނަ ދުވަހުގަ އެވެ. އެދުވަހު އެންމެ ފުރަތަމަ، ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ނެވެ.
ހަމަ އެދުވަހު އެދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމަށްފަހު، ޕާސްޕޯޓު ހިފަހައްޓާފައި ވުމުން ފުރާވަޑައި ނުގެންނެވުމުން، ފަހުން ގާސިމްވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފަށައިފައެވެ. މިގޮތުން އައިސީޔޫގައިވެސް ފަރުވާ ދީފައި ވެއެވެ.
ގާސިމްގެ ސިއްޙީ ހާލުކޮޅުދަށްވެގެން އެޑްމިޓްކޮށްފައިވަނީ، އޭނާ އާމެދު ތުހުމަތު ކުރެވިފައިވާ ރިޝްވަތުގެ މައްސަލަ އެއްގެ ގެއަޑުއެހުން ކޯޓުގައި ތާވަލް ކުރެވި، އެ ޝަރީޢަތުގެ އަޑު އެހުމެއް ތާވަލް ކޮށްފައި އޮއްވައެވެ. ނަމަވެސް އެދުވަހު ގާސިމް އެޑްމިޓް ކުރުމުން ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.
މިޝަރީޢަތް މިހާރުވަނީ، މާދަމާ ހެނދުނު 11:00 އަށް ތާވަލްކޮށްފައެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ