ދިވެހި ސަރުކާރުން ހުއްދަ ދީގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ރާއްޖެއިން ބޭރުގެ އެތަށް ބޯޓެއް އުޅޭ ކަމަށްބުނެ، އެ ބޯޓުތަކުގެ ހުއްދަ ބާތިލުކުރަން އިބޫ ވައުދުވީ ނަމަވެސް އެފަދަ ހުއްދައެއް ދީފައިވާ އެއްވެސް ބޯޓެއް ނޯންނާނެކަމަށް ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ޖަވާބު ދެއްވަމުންނެވެ.
ރާއްޖެ ޓީވީގެ ސުވާލު: އިބްރާހީމް މުޙައްމަދު ޞޯލިޚް ވިދާޅުވެފައި އެބަވޭ ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ އުޅަނދުތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާކަމަށް، އެ ލައިސަންސްތައް ވެސް މިހާރު އިތުރު ކުރަމުންދާކަމަށް. އެމަނިކުފާނު (އިބްރާހީމް މުޙައްމަދު ޞާލިޙް) ގެ ވެރިކަމެއްގައި ލައިސަންސްތައް އިތުރު ނުކުރައްވާނެ ކަމަށް، ހުއްޓުވާނެކަމަށް ވިދާޅުވެފައި އެބަވޭ. ކީތްވެތޯ ތިބޭފުޅުން ރިޔާސީ އިންތިޚާބު 2013 ގައިވެސް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ހުއްދަތަކެއް ދީފައި އެބަހުއްޓޭ، ކީތްވެގެންތޯ އެކަން ހުއްޓުމަކަށް ނުގެނެވިފައި ވަނީ؟
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައިނީ ވިދާޅުވީ، އިބޫ އެވިދާޅުވާ ފަދަ ހުއްދައެއް ދީފައި ނޯންނާނެ ކަމަށާއި، އެފަދަ ހުއްދައެއް ދީފައި އޮތީ ކޮން ބޯޓޫތަކަކަށްތޯ އިބޫ ކައިރިން އައްސަވާލައްވަންޖެހޭނެ ކަމަށެވެ.
"އިބޫ ކައިރިން އައްސަވާލަދެއްވަފާނަންތޯ ރާއްޖޭގެ ބޭރުގެ ކޮން ބޯޓެއްތޯ ރާއްޖެއަށް އެކްސެސް ދީފައި އޮތީ؟ ދިވެހިރާއްޖޭގައި ނޯންނާނެ މި ސަރުކާރުން ހުއްދަ ދީފައި އޮތް (ބޭރުގެ) އެންމެ ބޯޓެއް ވެސް." ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ، ދެހާހުގެ ކުރީކޮޅުން ފެށިގެން ބޭރުގެ މަސްބޯޓްތަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ދިވެހި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.
"2004/20115 ހިސާބުން ފެށިގެން ރާއްޖޭގެ ބޭރު ބޯޓުތަކަށް ލައިސެސް ދޫކުރުން ހުއްޓާލައިފި، މި ސަރުކާރުގައި ކޮން ބޯޓެއްތޯ އޮތީ (ހުއްދަ ދީފައި)، އަޅުގަނޑު ބޭނުން ވަދެ އޮތިއްޔާ އެއީ ކޮން 48 ބޯޓެއްތޯ ބަލާލަންވެސް. މި ސަރުކާރުގައި ނޯންނާނެ ބޭރުގެ އެއްވެސް ބޯޓަކަށް ދިވެހިރާއްޖެއިން ލައިސެސް ދީފައެއް. ލައިސެންސް ދީފައެއް ނޯންނާނެ، ދެން ކޯއްޗެއްތޯ ހުއްޓުވާނީ؟" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ، މަސްވެރިންނަށް އޮޅުވާ ނުލެވޭނެ ކަމަށާއި، ރާއްޖޭގެ ކަންޑުގެ ސަރަހައްދަށް ބޭރުގެ ބޯޓުތައް ވައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ.
"މީގެ ބަދަލުގައި އިބޫ ވައުދުވަނީ ރާއްޖޭން ބޭރުގައި ދާ އަޅާ ބޯޓު ފަހަރު ވައްދާނެ ވާހަކަ. މަސްވެރިންނަކަށް އޮޅުވައެއް ނުލެވޭނެ. އެމްޑީޕީގެ ވައުދުގައި އެބަ އޮތެއްނޫންތޯ ބޭރުގެ ބޯޓުފަހަރަށް މަސް ކިރޭ ގޮތް ހަދައިދޭނަމޭ. ރާއްޖެ ސަރަހައްދަށް ނުވައްދާ ކިހިނެތްތޯ އެއެއްޗިއްސަށް މަސް ކިރާނީ؟ އެހެންވީމަ ދައްކާ ވާހަކައެއް ދިމައެއް ނުވެއެއްނޫންތޯ؟" ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ، ކަންކަން އޮތް ގޮތް ބަލާވެސް ނުލާ ތާކުންތާކުނުޖެހޭ، ވައުދުތައް ވުން އިބްރާހީމް މުޙައްމަދު ޞާލިޚް ހުއްޓާލާށޭ ބުނަންޖެހެނީ މިފަދަ ވައުދުތައް ވަމުންދާތީ ކަމަށެވެ.
ސަރުކާރުން ދީފައި ނުވާ ހުއްދައެއް ބާތިލް ކުރަން އިބޫ ވައުދުވިއިރު ސަރުކާރުން ކޮށް ނިންމާފައި ހުންނަ ކަންކަމާއި، ކުރަމުންދާ މަސައްކަތްތައް ކޮށްދެއްވަން އިބޫ ވައުދު ވަމުންދާ މައްސަލަ ވަނީ ރިޔާސީ އިންތިޚާބުގެ އެންމެ ހެއްވާ ޖޯކަށް ވެފައެވެ.
ދީފައި ނުވާ ހުއްދައެއް ބާތިލް ކުރަން އިބޫ ވަނީ ވައުދުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ