ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައް ވަނީ އެމަނިކުފާނު ޕީޕީއެމަށް އިތުބާރު ނުކުރައްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަކީ ސަރުކާރު ހިންގާ ޕާޓީ އަށް ވަރަށް މުހިންމު މަގާމެއް ކަމަށެވެ.
"ގާސިމް އަޅުގަނޑުމެންގެ ޕާޓީ އަށް އިތުބާރު ނުކުރައްވާތީ އަޅުގަނޑުމެން ޕާޓީ ބޭފުޅަކު ދެއްކެވީމާ އަމިއްލަފުޅަށް ނުކުންނަވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލިސް މުހިންމީ ސަރުކާރު ހިންގާ ޕާޓީ އަށް ކަމަށާއި ކުރީގެ ސަރުކާރުން ވެސް އެކަން އެނގިގެން ދިޔަކަމަށެވެ.
"މަޖިލީހުގެ ރައީސްކަން ވެރިކަން ހިންގާ ޕާޓީ އަށް ވަރަށް މުހިންމު، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ފަސޭހައިން ކަންކަން ކުރެވިގެންދާނީ އޭރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާސިމް މަޖިލިސް ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމީ ކޯލިޝަންގެ ތެރޭގައި މަޝްވަރާ ކުރެއްވުމަށް ފަހު ނޫން ކަމަށެވެ. އަދި މަޝްވަރާ ކުރުމަކީ ވެސް ކޯލިޝަން ދެމެހެއްޓުމަކީ ވެސް ދެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރިގައި އެމަނިކުފާނު ޕީޕީއެމަށް ސަޕޯޓު ކުރެއްވި ފަދައިން، މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވަނީ ޕީޕީއެމަށް އިތުބާރު ނުކުރައްވާތީ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ